Pages

Wednesday, October 28, 2009

ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ގަދަކަމުން ވައްދާ އަޅުވެތިކޮށްފައިވާ ޅައުމުރުގެ 52 ކުއްޖަކު (52 ޖާރިއާއިން)އެމެރިކާގެ އެފް.ބީ.އައި އިން ސަލާމަތް ކޮ


ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ގަދަކަމުން ވައްދާ އަޅުވެތިކޮށްފައިވާ ޅައުމުރުގެ 52 ކުއްޖަކު (52 ޖާރިއާއިން)އެމެރިކާގެ އެފް.ބީ.އައި އިން ސަލާމަތް ކޮށްފި



ދުނިޔޭގެ ހުރިހައި ގައުމުތަކަކަށް ނަމޫނާދައްކައި،ދުނިޔޭގެ އެންމެ މިނިވަން ގައުމުގެ ގޮތުގައި ލޭބަލް ވެފައިވާ އެމެރިކާގައި ހަށި ވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ގަދަކަމުން ވައްދާ އަޅުވެތިކޮށްފައިވާ ޅައުމުރުގެ 52 ކުއްޖަކު(52 ޖާރިއާއިން)އެމެރިކާގެ އެފްބީއައި އިން ސަލާމަތް ކޮށްފިއެވެ.އެފްބީއައި ގެ އޮފިޝަލުން ބުނާގޮތުގައި މިކުދިންގެ ތެރެއިން އުމުރުން އެންމެ ހަގު ކުއްޖާގެ އުމުރަކީ ހަމަ އެންމެ 10 އަހަރެވެ.އެމެރިކާގެ 36 ސިޓީއެއްގައި އެފްބީއައި އިން ހިންގި އޮޕަރޭޝަން ތަކުގައި ކުޑަކުދިން އަޅުވެތިކޮށްގެން ހަށިވިއްކުމުގެ ވިޔަފާރި ކުރާ60 މީހަކު ހައްޔަރު ކުރިއެވެ.މިމީހުން މިކުދިން ގެންގުޅުނީ މަސްތުވާ ތަކެއްޗަށް އެޑިކްޓު ކުރުވައިގެން ކަމަށް އޮފިޝަލުން ބުނެއެވެ. އޮޕަރޭޝަން ކްރޮސް ކަންޓްރީގެ ނަމުގައި އެމެރިކާގައި ހިންގާ މި އޮޕަރޭޝަން ތަކުގައި ގާތްގަނޑަކަށް 1600 އެއްހާ ސިއްރު ފުލުހުންނާއި އޮފިޝަލުން ހަރަކާތްތެރިވާކަމަށް ޚަބަރު ލިބެއެވެ. މިއޮޕަރޭޝަން މިހިންގަނީ ކުޑަކުދިން ބޭނުންކޮށްގެން ހަށިވިއްކުމުގެ ވިޔަފާރިކުރާ ވިއުގަތައް ރޫޅާލުމަށްކަމަށް ޚަބަރުލިބެއެވެ

No comments:

Post a Comment